ކައިވެންޏަކީ ވަރަށް މަތިވެރި އަހުދެކެވެ. ކައިވެނި ޝަރުޢު ކުރެއްވީ ވަރަށްވެސް މަތިވެރި ހިކުމަތަކަށްޓަަކައެވެ. އެއީ އިންސާނީ ނަލްސު އޮޅުންބޮޅުން އަރައިގެން ދިޔުމުން ސަލާމަތްވުމުގެ އިތުރުން ޒިނޭ ފަދަ ފާހިޝް އަމަލުތަށް މަދުކުރުމަށެވެ.

ކައިވެންޏަކީ އެކަމެއްގެ ސަބަބުން ފިރިމީހާގެ މައްޗަށްވެސް އަދި އަނބިމީހާގެ މައްޗަށްވެސް އެތަކެއް ކަމެއް ލާޒިމުވެގެންވާ ކަމެކެވެ. 

އަނބިމީހާ އަށް ޚާއްޞަވެގެންވާ ޙައްގުތައް:

އަނބިމީހާއަށް ހާއްސަވެގެންވާ ހައްޤުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ މާލީ ހައްޤުތަކާއި އެހެނިހެން ހައްޤުތަކެވެ. ( މުދަލާއި ގުޅުން ނެތް ހައްގުތައް)

މާލީ ޙައްގުތައް:

1. ކައިވެނީގެ ރަން: ކައިވެނީގެ ރަނަކީ ކައިވެނީގެ ޢަގްދު ކުރުމުގެ ސަބަބުން އަނބިމީޙާ އަށް ދޭންޖެހޭ މާލީ އެހީއެކެވެ.

ސޫރަތުއް ނިސާގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. )وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً)

މާނައަކީ:"އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ!"

2. ދިރިއުޅުމުގެ ޚަރަދުތައް:

އަނބިމީހާ ފިރިމީހާއަށް ފުރިހަމަ އށް ކިޔަމަންތެރިކަން އަދާ ކުރާހާ ހިނދަކު އޭނާގެ ޚަރަދުތައް ދީ ހެދުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. ނަމަވެސް އަނބިމީހާ ނުކިޔަމަންތެރިވެއްޖެނަމަ ޚަރަދު ދޭކަށް ނުޖެހޭނެއެވެ.

3. އަނބިމީހާ ދިރިއުޅޭނެ ތަނެއް ހޯދައިދިނުން. 

ފިރިމީހާއަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އެކަނބުލޭގެ އަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއް ހޯދައިދިނުމަކީ ވާޖިބެކެވެ. ސޫރަތުލް ޠަލާގް ގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ)

މާނައަކީ:"ތިޔަބައިމީހުންގެ ތަނަވަސްކަން ހުރިވަރަކުން ތިޔަބައިމީހުން އުޅޭތަނެއްގައި އެކަނބަލުން (އެބަހީ: ވަރިކޮށްފައި، عدّةގައި ތިބޭ އަންހެނުން) ބައިތިއްބާށެވެ!"

މުދަލާއި ގުޅުން ނެތް ޙައްގުތައް:

1. އަނބިންގެ މެދުގައި ހަމަހަމަކޮށް ކަންތައް ކުރުން. 

އެއް އަނތްބަށްވުރެ ގިނައިން ތިބި ކަމުގައިވަނީނަމަ ހުރިހާ އަނބިންގެ މެދުގައި ޢަދްލުވެރިކޮށް އިންޞާފުން ކަންތައް ކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. 

2. ރިވެތި ދިރިއުޅުމަކުން ދިރިއުޅުން.

އަނބިމީހާ އަށް އޯގާތެރިވުމާއި އެކު ރިވެތި ދިރިއުޅުމަކުން އެކަނބުލޭގެ އާއި އެކު ދުވަސްތައް ހޭދަ ކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ. ސޫރަތުއް ނިސާގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ)

މާނައަކީ: "އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!"

3. އަނބިމީހާ އަށް ގޯނާވާނެ އެއްވެސް ކަމެއް ނުކުރުން. 

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. ” لا ضرر ولا ضرار"

މާނައަކީ: "ގެއްލުންދިނުމެއްވެސް އަދި ގެއްލުން ހޯދައިގަތުމެއްވެސް ނެތެވެ."

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *