ކައިވެންޏަކީ ވަރަށް މަތިވެރި އަހުދެކެވެ. ކައިވެނި ޝަރުޢު ކުރެއްވީ ވަރަށްވެސް މަތިވެރި ހިކުމަތަކަށްޓަަކައެވެ. އެއީ އިންސާނީ ނަލްސު އޮޅުންބޮޅުން އަރައިގެން ދިޔުމުން ސަލާމަތްވުމުގެ އިތުރުން ޒިނޭ ފަދަ ފާހިޝް އަމަލުތައް މަދުކުރުމަށެވެ.

ކައިވެންޏަކީ އެކަމެއްގެ ސަބަބުން ފިރިމީހާގެ މައްޗަށްވެސް އަދި އަނބިމީހާގެ މައްޗަށްވެސް އެތަކެއް ކަމެއް ލާޒިމުވެގެންވާ ކަމެކެވެ. ކައިވެނީގެ ސަބަބުން ފިރިމީހާ އަނބިމީހާއަށް އަދާކޮށްދޭން ޖެހޭ ހައްޤުތަކެއްވާ ބީދައިން އަނބީންގެ މައްޗަށްވާ ފިރިމީހާގެ ހައްޤުތަކެއްވެސް ވެއެވެ.

މިގޮތުން އަނބީންގެ މައްޗަށްވާ ފިރިމީހާގެ ޙައްގުތަކަކީ:

1. ފިރިމީހާއަށް ކިޔަމަންތެރިވުން:

ސޫރަތުލް ނިސާގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. މާތް ﷲ ފިރިހެނުން ލައްވާފައިވަނީ އަންހެނުންގެ ބެލެނިވެރިންތަކެއްގެ ގޮތުގައެވެ. ވުމާއި އެކު އެކަނބަލުން ރަގަނޅު ގޮތުގައި ބަލަހައްޓާ ޚަރަދުދީ ހެދުމަކީ ފިރިންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. 

(الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ) މާނައަކީ: "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައިقائمވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللَّهމާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ"

2. ފިރިމީހާ އެއްދާން ކުރަން ބޭނުންވެއްޖެ ނަމަ އެކަމަށް އިޖާބަ ދިނުން.

އަނބިމީހާ ކައިރިން ފިރިމީހާ އަނބިފިރިކަމުގެ ގުޅުން ހިންގަން އެދިއްޖެ ހާލަތެއްގައި އަނބިމީހާ އެކަމަށް ޙައިޟުގެ ސަބަބުން ނުވަތަ ފަރްޟު ރޯދައެއް ހިފައިގެން ހުރުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން މެނުވީ ފިރިމީހާގެ އެދުމަށް ފުރަގަސް ދިނުމަކީ އަނބިމީހާ ފާފަވެރިވާނެ ކަމެކެވެ.

عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : ” إذا دعا الرجل امرأته إلى فراشه فأبت فبات غضبان عليها لعنتها الملائكة حتى تصبح ” رواه البخاري ( 3065 ) ومسلم ( 1436 )

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ފިރިމީހާ އޭނާގެ އަނބިމީހާއަށް އެއްދާން ކުރުމަށް ގޮވާލާ ހިނދުގައި އެކަމަށް އެކަމަނާ ފުރަގަސްދިނުމުގެ ސަބަބުން ނުވަތަ އެކަމުން މަނާވެގަތުމުގެ ސަބަބުން ފިރިމީހާ ރުޅިއައިސްގެން ހުރެ ނިދައިފިނަމަ އަނެއްދުވަހުގެ ހެނދުނު ވަންދެން މަލާއިކަތުން އެކަމަނާ އަށް ލަޢްނަތް ދޭނެތެވެ"

3. ފިރިމީހާގެ ހުއްދަ ނެތި އޭނަގެ ގެއަށް އެއްވެސް މީހަކު ނުވެއްދުން.

ފިރިމީހާގެ ހުއްދަ ނެތި ފިރިމީހާގެ ގެެއަށް ފިރިމީހާ ނުކުރޭ މީހުން ވެއްދުމަކީ އަނބިމީހާ ކޮށްގެންވާނެ ކަމެއް ނޫނެކެވެ. އެހެނީ ފިރިމީހާގެ އިޒުނައަކާއި ނުލައި އަނބިމީހާއަށް ފިރިމީހާ ރަށުގައި ހުންނަ އިރު ސުންނަން ރޯދަވެސް ހިފުން ހުއްދަވެގެން ނުވާތީއެވެ.

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : ” لا يحل للمرأة أن تصوم وزوجها شاهد إلا بإذنه ، ولا تأذن في بيته إلا بإذنه ، ….” . رواه البخاري ( 4899 ) ومسلم ( 1026) 

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ފިރިމީހާ ރަށުގައި ހުރިނަމަ އޭނާގެ އިޛްނަ އަކާއި ނުލައި ސުންނަތް ރޯދަ އެއް ހިފުން އަނބިމީހާ އަށް ހުއްދަވެގެން ނުވެއެވެ. އަދި ފިރިމީހާގެ ގެއަށް އޭނާ ނުރުހޭ މީހަކު ވެއްދުންވެސް ހުއްދަވެގެން ނުވެއެވެ."

4. ފިރިމީހާގެ އިޛްނަ އާއި ނުލައި ގެއިން ނުނިކުތުން. 

6. ފިރިމީހާއަށް ހިދުމަތް ކޮށްދިނުން : ފިރިންނަށް އަދާކޮށްދޭންޖެހޭ ހުރިހާ ހިދުމަތެއް އަދާ ކުރުމަކީ އަނބިންގެ މައްޗަށް އޮތް ވާޖިބެކެވެ.

7. ފިރިމީހާ އާއި އެކު ރިވެތި އުޅުމަކުން އުޅުން.

އިސްވެދިޔަ ކަންކަމުގެ އިތުރަށްވެސް އަނބިންގެ މައްޗަށްވާ ފިރިމީހާގެ ހައްޤުތައް ވެއެވެ. ޖުމްލަކޮށް ބުނާނަމަ އިސްލާމީ ޝަރީއަތަކާއި ހިލާފު ނުވާ ކޮންމެ ކަމެއްގައި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *