އަލަނާސި ކޭކަކީ ކެއުމަށް ފަހުގައި ފޮނި ކާއެއްޗެއް ކެއުމުގެ ގޮތުން ކެވިދާނެ މީރު ކެއުމެކެވެ. އަލަނާސީ ކޭކަކީ ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ކާނާއެއްވެސް މެއެވެ.

އަލަނާސި ކޭކު ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި

  • 250ގ. ފުށް
  • 50ގ. ހަކުރު (މުގުރާފައި)
  • 1 ޖޯޑު ގެރިކިރު
  • 1 އަލަނާސި ދަޅު
  • 1 ސައިސަމްސާ ބޭކިންގ ޕައުޑަރ
  • 200ގ. ބަޓަރު
  • 3 ބިސް
  • 1 ސައިސަމްސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ފުށާއި ބޭކިންގ ޕައުޑަރ އެއްކޮށް ފުރާނާލާނީއެވެ. އެއަށް ފަހު ހަކުރާއި، ބަޓަރު އެއްކޮށް އޮމާން ވަންދެން ގިރާލާފައި،، ބިހާއި ފުށް އަދި ގެރިކިރު ކުރީގެ ބަޔާއި އެއްކޮށްގެން އޮމާންވަންދެން ގިރާލާށެވެ. އޭގެ ފަހުގައި އޭގެތެރެއަށް އެސެންސް އަދި އަލަނާސި ދަޅުގެ ސިރަޕް ގެ 2/1 އެއްކޮށްލާށެވެ. ދެން ކޭކްފިހާ ޓްރޭއަށް 4 މޭޒުމަތީ ސަމުސާ ހަކުރު އަޅާލުމަށްފަހު އުދުން މައްޗަށް އުދާފައި ކުޑަކޮށް ރަތްވުމުން ބާލުވާށެވެ. އެއަށް ފަހު ޓްރޭގައި އަލަނާސި ފޮތިތައް އަތުރާލުމައްފަހު ކޮންމެ އަލަނާސި ފޮއްޗެއްގެ ތެރެއަށް ޗެރީ ފަޅިއެއް ލުމަށް ފަހު ކޭކް ފުށްގަނޑު އޮއްސާލާށެވެ. އެންމެ ފަހު މަސައްކަތެއްގެ ގޮތުން އަވަނުގައި ފިހެލާނީއެވެެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *