ކަރަލަކީ ރޯދަމަހުގައި އަޅުގަނޑުމެން ދިވެހިން ފަނި ގިރުމަށް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަ މޭވާއެކެވެ. ކަރާ ބޭނުންކޮށްގެން ފަނި ގިރުމުގެ އިތުރަށްވެސް އެހެނިގެން ބޭނުންތައްވެސް ކުރެވިދާނެއެވެ. އެގޮތުން ކަރާ ގްރިނިޓާ އަކީ މިގޮތުން ފާހަގަކޮށްލެވޭ ކާނާއެކެވެ.
ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި
- 1 ކިލޯ ކަރާ
- 200 ގ. ހަކުރު
- 200 ML ފެން
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ކަރަލުގެ ތޮށި މަށާލުމަށް ފަހު އޮށްތައް ނަގާނީއެވެ. އެއަށް ފަހު ހިމުން ވަންދެން މިކްސްޗަރުން ގިރާލާނީއެވެ. އޭގެ ފަހުގައި ފެނާއި ހަކުރު ގިރުމައްފަހު 5 މިނެޓް ވަންދެން ކައްކާށެވެ. އަދި ކެއްކި ހަކުރު ހިހޫވުމުން ހިމުންކުރި ކަރަޔާ އެއްކުރުމައްފަހު ފްރީޒަރައް ލާނީއެވެ. ދެން ކޮންމެ 15 މިނެޓަކުން (2 ގަޑިއިރު) އަލުން އެއްކުރާށެވެ. ދެ ގަޑިއިރު ވުމުން ކޮންމެ ބައިގަޑިން (1 ގަޑިއިރު) އެއްކުރާށެވެ.
ކަރާ ގްރިނިޓާ ތައްޔާރުކޮށް ނިމުމުން ހުންނާނީ ސްނޯ ހެންނެވެ. ކަރާ ގްރިނިޓާ އަކީ ރޯދަ ވީއްލާ ގަޑީގައި ބޭނުންކޮށްލުމަށް ރަނގަޅު، އަދި މީރު ކާނާއެކެވެ.