މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެނުއަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް އަންގާރަ ދުވަހު ބާއްވާނެކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ. 

މި ކޮންފަރެންސްގެ ބޭނުމަކީ އިމާރާތްކުރާ ތަންތަނުުގައި ހިނގާ ހާދިސާތައް މަދުކުރުމާއި އެކަން ހުއްޓުވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ.

މި ކޮންފަރެންސްގައި އިމާރާތްކުރުމުގެ ސިނާއަތުގައި ތަޖުރިބާކާރު ފަރާތްތަކުން މައުލޫމާތުދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ދިވެހިންނާއި ބޭރުގެ ފަރާތްތައް ހިމެނެއެވެ. 

ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 9އިން ހަވީރު 3އަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *