މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ ކަމަށްވާ އަރަބިއަން ޓްރެވެލް މާކެޓްގައި ރާއްޖެއިން ބައިވެެރިވެއްޖެއެވެ.
މި ފެއަރގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެއްވެ އެ ދާއިރާ ކުރިއެރުވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެވިގެންދާނެއެވެ. އެގޮތުން މި ފެއަރގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވާނީ މޯލްޑިިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުންނެވެ.
އެމްއެމްޕީއާރުސީއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 130 ފަރާތަކުންވެސް މި ފެއަރގައި ބައިވެރިވެ، ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
މިފަހަރުގެ މި އިވެންޓް ބާއްވަން ހަމަޖެހިފައިވަނީ ދުބާއީގައި މި މަހުގެ 28އިން އަންނަ މަހުގެ 1 ނިޔަލަށެވެ. މިއީ އޭޓީއެމް ބާއްވާ 26 ވަނަ އަހަރެވެ.