(އޭއޭފްޕީ): ނޭޕާލްގެ ހުޅަނގަށް އޮންނަ އަވަށެއް ކަމަށްވާ ހުމްލާ ސަރަހައްދުގައި ގޮތް ނޭނގޭ ބައްޔެއްގެ ސަބަބުން އަށް މީހުން މަރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓައްތައް ބުނެފިއެވެ.

މި ބަލީގެ ސަބަބުން ގަދަޔަށް ބޮލުގައި ރިއްސާ ބޯއަބުރާ ގޮތްވެއެވެ. އަދި މީގެ ދެވަނަ ސްޓޭޖްގައި ގަދައަށް މޭގައި ރިއްސުމަށްފަހު ބަލީގެ ވޭން ބޮޑުވެ މީހާގެ ހާލު ދަށަށް ދެއެވެ. 

އާންމުކޮށް މި ބަލީގައި މަރުވެފައިވަނީ ކުޑަކުދިންނާއި މުސްކުޅިންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހުންނެވެ.

ނޭޕާލުގެ ސަރުކާރުން އެ އަވަށަށް ފޮނުވާފައިވާ ޓީމުން ހާމަ ކުރާ ގޮތުގައި މި ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދަނީ އެ އަވަށަކީ ސިއްހީ ހިދުމަތް އެހާ ރަނގަޅު އަވަށަކަށް ނުވުމާއެކު ބޭނުންވާ ބޭސްފަދަ ތަކެތި އަވަސް ކަމާއިއެކު ލިބިގެން ނުދިިއުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *