ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވަރުން ދާވަން އަދި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް މިއަންނަ އަހަރު ކައިވެނި ކުރަން ނިންމާފައެވެ.
ވަރުން ދާވަންގެ ބައްޕަ ޑޭވިޑް ދާވަން އާއި ހަވާލާދީ އިންޑިއާގެ ބޮލީވުޑް ހަބަރު ފަތުރާ ނޫހަކުން ބުނެފައިވަނީ، މެންސްއެކްސްޕީއަށް ދިން އިންޓަވިއުއެއްގައި ޑޭވިޑް ބުނީ ހަގު ފިރިހެން ދަރިފުޅު އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށާއި އެންމެ އުފާވާ ކަމަކީ ވަރުން ދެކެ ވަރަށް ލޯބިވާ ބައިވެރިޔަކު ހުރުމުން ކަމަށެވެ.
މިމަހު ވަރުން ދާވަންވެސް ވަނީ، އޭނާ މިއަހަރު ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ މީޑިއާ ތަކުގައި ފަތުރަމުން ދިޔަ ވާހަކަތައް ދޮގުކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި ކުރަން ހަމަޖެއްސި އޭނާގެ އެންގޭޖްމެންޓްވެސް ވަނީ ފަސްކޮށްފައެވެ.
އަންނަ އަހަރު ވަރުން ކައިވެނި ކުރާނެ ކަމަށް އޭނާގެ ބައްޕަ ޑޭވިޑް ދަވަން ބުނި ނަމަވެސް ކައިވެނި ކުރާނީ އަންނަ އަހަރުގެ ކިހާ ހިސާބެއްގައި ކަމެއް ނޭނގެއެެވެ.