ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން، އެމްއެންޔޫއެސްޔޫއިން އިންތިޒާމުކޮށްގެން ބޭއްވި، އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތް 2019ގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ބިޒްނަސް ސްކޫލް ހޯދި އިރު, ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން ހޯދައިފިއެވެ.

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއިން މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުގައި, ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (އެފް.އީ.އެސް.ޓީ) ބަލިކުރުމަށް ފަހުގައެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ މުހައްމަދު ހުސެއިން އެވެ.

އިއްޔެ ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލްގައި ބިޒްނަސް ސްކޫލުން މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ ވާދަވެރި ފެކަލްޓީ އޮފް ހެތްލް ސައިންސް ބަލިކުރުމަށް ފަހުގައެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިޒްނަސް ސްކޫލްގެ އިނާޝާ އަބްދުލް ރަހީމެވެ. މިއީ ވިދިވިދިގެން މި މުބާރާތުގެ ކެމްޕިއަންކަން ބިޒްނަސް ސްކޫލް ސުކޫލުން ހޯދި ދެވަނަ ފަހަރެވެ.

އެމް.އެމް.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތަކީ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީތަކާއި ކެމްޕަސްތަކުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެ ކުދިން ވޮލީއަށް އަހުލުވެރިކުރުމުގެ މަގުސަތުގައި ބޭއްވި މުބާރާތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *