މާދަމާ އިން ފެށިގެން ސްރީލަަންކާގައި މީހާގެ މޫނު ނުފެންނަ ގޮތަށް ފޭރާން އެޅުން މަނާ ކުރަން އެގައުމުގެ ރައީސް، ސިރިސޭނާ ނިންމަވައިފިއެވެ.

ލަންކާގެ ނޫހެއްކަމަށްވާ "ނިއުސް ފަސްޓް" ގައި ބުނެފައިވާ ގޮތުގައި، މާދަމާއިން ފެށިގެން އެގައުމުގައި މީހާގެ މޫނު ނުފެންނަ ގޮތަށް އެއްވެސް ފޭރާމެއް  އެޅުން މަނާކޮށްފައިވާ ކަމަށާއި އަދި އެގޮތަށް ނިންމައިފައިވަނީ އާއްމުންގެ ސަލާމަތީ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުގައިކަމަށް ސިރިސޭނާ ވިދާޅުވިއެވެ.

އެގައުމުގެ "ޕްރެޒިޑެންޓްސް މީޑިއާ ޑިވިޝަނު" އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މޫނު ނުފެންނަގޮތަށް ފޭރާން ނުލެވޭ ގާނޫނަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި އެ ފިޔަވަޅަކީ އެގައުމުގެ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައި ރައީސް ނިންމެވި ނިންމެވުމެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *