ފެންނަ ފެނުމަށް ރީތި، ސަމާލުކަން ދަމައިގަންނަ މޭވާއެއް ކަމަށްވާ ޑްރެގަން ފުރުޓަކީ ދިވެހިންނާއި ބީރައްޓެހި މޭވާއެކެވެ. ރާއްޖޭގެ މަދު ހިސާބެއްގެ ފިހާރަތަކުން ނޫނީ ލިބެން ނުހުންނަ މި މޭވާއިން ދެނީ ކިވީ އާއި އެއްގޮތް ރަހައެކެވެ.

ޢާންމުކޮށް ރާއްޖެ ގެނެވެނީ ޑްރެގަން ފްރުޓްގެ އެއް ވައްތަރެކެވެ. އެއީ އޭގެ ބޭރު ފަށަލައަކަށް ފިޔާތޮށި ކުލައިގެ ތޮށިގަނޑެއްވާ، އެތެރެ ހުދު ކުލައަށް ހުންނަ ވައްތަރެކެވެ. މި ނޫންވެސް ދެ ވައްތަރެއްގެ ޑްރެގަން ފުރުޓެއް ހުރެއެވެ. އެއީ ތޮށިގަނޑުގައި ރީނދޫ ކުލައެއް ހުންނަ، އެތެރެ ހުދުކުލައަށް ހުންނަ ވައްތަރަކާއި، ބޭރު ވެސް އެތެރެވެސް ގަދަ ދަނބުކުލައަކާއި ވައްތަރު ފިޔާތޮށި ކުލައެއް ހުންނަ ވައްތަރެކެވެ.

ރަމަޟާން މަހަކީ މުސްލިމުންްނަށް ލިބެން އޮތް ހުރިހާ ސިއްހީ ފައިދާއެއް ބޭނުންވާ މުހިންމު މައްސަރެކެވެ. ދުވާލުގަޑީ އެއްކޮށް ނުކައިނުބޮއި މަސައްކަތްތަކުގައި މަސްއޫލުވެގެން އުޅެވޭނީ ވަރަށް ހަކަތަ ލިއްބައިދޭ ފައިދާހުރި ކާނާތައް ރޭގަނޑުގެ ވަގުތުތަކުގައި ކައިގެންނެވެ. ގިނަ މީހުންނަކީ މިފަދައިން އަމަލުކުރާ މީހުންނެވެ. ރޯދަމަހުގައި ގިނަ މީހުންނަށް ބޭނުންވާނީ ހަޖަމްކުރުމަށް ފަސޭހަ، ދިފާއީ ނިޒާމުތައް ވަރުގަދަކޮށްދޭ މީރު މޭވާ ފަދަ ތަކެއްޗެވެ. މި ހުރިހާ ކަމަކަށްވެސް ޑްރެގަން ފުރުޓް ވަރަށް ކަމެއް ނެތެވެ.

 ކޮންމެ ވައްތަރެއްގެ ޑްރެގަން ފުރުޓެއް ކަމަށް ވިޔަސް، އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތައް އެކުލެވިގެން ވާނެއެވެ. އޭގެއި މަތީ މިންވަރަކަށް އެކުލެވިގެންވާ ވިޓަމިން ސީ އަަދި ފޮސްފަރަސްގެ މާއްދާއަކީ ޑްރެގަން ފުރުޓުން ލިބޭ ގިނަ ސިއްހީ ފައިދާތަކުގެ އަސްލެވެ.

ޑްރެގަން ފުރުޓުން ލިބޭ ބައެއް ސިއްހީ ފައިދާ

  • ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ

ވިޓަމިން ސީ އަކީ ދިފާއީ ނިޒާމު ވަރުގަދަކޮށް ދިނުމުގެ ރޮނގުން ފާހަގަކޮށްލެވޭ މުހިންމު މާއްދާއެކެވެ. މިގޮތުން ވިޓަމިން ސީގެ ސަބަބުން އެހެން އެންޓިއޮކްސިޑެންޓްތަކުގެ މަސައްކަތް ފަސޭހަކޮށްދޭކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ޑްރެގަން ފުރުޓުގައި އެކުލެވިގެންވާ ވިޓަމިން ބީ ވަން، ޓޫ އަދި ތްރީ، ކެލްޝިއަމް، ފޮސްފަރަސް، ޕްރޮޓީން އަދި އަޔަން ފަދަ މާއްދާތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށް އެހީވާ މާއްދާތަކެކެވެ.

  • މުސްކުޅިވުން ލަސްކޮށްދޭ

ހަންގަނޑު ދޫވިޔަ ނުދީ، ރީތިކަން މަތީ ހަންގަނޑު ދެމެހެއްޓުމަށް އެންޓި އޮކްސިޑެންޓަކީ ކޮންމެހެންވެސް ބޭނުންވާ މާއްދާއެކެވެ. ހަށިގަނޑުގައި ވާ ނުރައްކާ މާއްދާތަކެއް ކަމަށްވާ "ފްރީ ރެޑިކަލްސް" ނައްތާލުމުގައި އެންޓި އޮކްސިޑެންޓުގެ ދައުރު ވަރަށް މުހިންމެވެ. ޑްރެގަން ފުރުޓަކީ އޭގައިވާ ވިޓަމިން ސީ މާއްދާގެ ސަބަބުން މަތީ މިންވަރަކަށް އެންޓި އޮކްސިޑެންޓް އެކުލެވިގެންވާ މޭވާއެކެވެ.

  • ކެންސަރު ޖެހުމުގެ ފުރުސަތު ހަނިކޮށްދޭ

ވިޓަމިން ސީގެ އިތުރުން ޑްރެގަން ފުރުޓުގައި ކެރޮޓީންގެ މާއްދާވެސް އެކުލެވިގެންވެއެވެ. މިއީ ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބައެއް ބާރު ލިބިގެންވާ މާއްދާއެކެވެ. މިގޮތުން، ޓިއުމަރުތަކުގެ އަދަދު މަދުކުރުމަށްވެސް ކެރޮޓީން އެހީވެދެއެވެ. މީގެ އިތުރުން މި މޭވާގައި އެކުލެވިގެންވާ ލިކޮޕީންގެ މާއްދާއަކީ "ޕްރޮސްޓްރޭޓް" ކެންސަރު ބަލި ޖެހުމަށް ހުރަސްއަޅާ މާއްދާއެކެވެ. ޑްރެގަން ފުރުޓުގައިވާ ރަތް ކުލަ ގެނެސްދެނީ ލިކޮޕީންގެ މާއްދާއެވެ.

  • ހަކުރު ބައްޔަށް ފަރުވާއެއް

ޑްރެގަން ފުރުޓުގައި މަތީ މިންވަރަކަށް އެކުލެވިގެންވާ ފައިބަރ ގެ ސަބަބުން ހަށިގަނޑުގެ ބްލަޑް ޝުގަރ ހުންނަ މިންވަރު ދަށް ކޮށްދިނުމަށް އެހީވެދެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދިރާސާތަކުން ދެއްކި ގޮތުން ގަވާއިދުން ޑްރެގަން ފުރުޓު ކާ މީހުންނަށް ހަކުރު ބަލީގައި ދިމާވާ އުނދަގޫތައް ލުއިވެގެން ދެއެވެ.

  • ހަޖަމް ކުރުމަށް ފަސޭހަކޮށްދޭ

ޑްރެގަން ފުރުޓުގައިވާ ފައިބަރ ކޮންޓެންޓްގެ ސަބަބުން ހަޖަމް ކުރަން ފަސޭހަވެގެން ދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *