ފަހަތުގައި 12 މެގަޕިކްސެލްގެ 5 ކެމެރާ އަދި ކުރިމަތީގައި 20 މެގަޕިކްސެލް ކެމެރާ އަކާއި އެކު ނޮކިއާ 9 ނެރެފިއެވެ.

ނޮކިއާ އިން މި ފޯނު ހަދަމުންދާކަން އެކި ލީކް ތަކުން ވަނީ ކުރިން އެނގިފައެވެ. ނޮކިއާ 9 ގައި ސްނެޕްޑްރޭގަން 845 ޕްރޮސެސަރ އަކާއި 128 ޖީބީ ސްޓޯރޭޖް، 8 ޖީބީ ރޭމް، 5.9 އިންޗް ޕީ-އޯލެޑް ޑިސްޕްލޭ އެއް ހިމެނެއެވެ. 

މި ފޯނުގެ އެންމެ ޚާއްސަކޮށްލެވޭ ފީޗަރ އަކީ ފަހަތުގައި ވާ 5 ކެމެރާއެވެ. މިތަނުން 3 ކެމެރާ އަކީ މޮނޮކްރޯމް ސެންސަރ އެވެ. އަދި 2 ކެމެރާ އަކީ ކަލަރ ސެންސަރ އެވެ. ފޮޓޯ ނެގުމަށްފަހު ފޮޓޯގައި ފުސް ކުރަން ބޭނުންވާ ހިސާބެއް ފުސް ކުރުމަށް އެހެން ފޯނުތަކުން ބޮޑަށް ސޮފްޓްވެއަރ އަދި ބައެއް ކުންފުނިތަކުން ބޭނުންކުރަނީ އިތުރު ކެމެރާ އެކެވެ. ނަމަވެސް ނޮކިއާ އިން ބޭނުން ކުރަނީ އިތުރު ޑެޕްތް ސެންސަރ އެކެވެ. އަދި މި ގޮތް މާ މޮޅު ކަމަށް ނޮކިއާ އިން ބުނެއެވެ.

 ނޮކިއާ އިން ބުނާ ގޮތުގައި މި 5 ކެމެރާ އަދި ޑެޕްތް ސެންސިން މޮޑިއުލް އަކާއެކު މި ފޯނުން ނަގާ ފޮޓޯ ޑިޖިޓަލް އެސް އެލް އާރ ކެމެރާ ތަކާއި ވާދަ ކުރެވޭނެއެވެ. މި ފޯނުން ނަގާފައިވާ ބައެއް ފޮޓޯތައް ނޮކިއާ އިން ނެރެފައިވާއިރު އެ ފޮޓޯތަކުގައި ފޯނުން ނަގާ ފޮޓޯތަކާއި ޚިލާފު ރީތި ކަމެއް ހުރެއެވެ.

ބެޒެލް ކުޑަ ކުރަން އެކި ކުންފުނިތަކުން ތަފާތު އެކި އުކުޅުތައް ބޭނުން ކުރަމުން ދިޔަ ނަމަވެސް ނޮކިއާ އިން ވަނީ އެއްވެސް ނޮޗެއް (އައިފޯން 10 ގޮތައް) ނުލާ ފޯނު ފަރުމާ ކޮށްފައެވެ. މި ފޯނު ބާޒާރުގައި ވިއްކަނީ ގާތްގަނޑަކަށް 700 ޑޮލަރަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *