ތ.ވޭމަންޑޫ ކައުންސިލް މެމްބަރުން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ތ.ވޭމަންޑޫ ކައުންސިލް އިދާރާގެ ކައުންސިލަރުންނާއި ރައީސް ޞާލިހް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލު ކޮށްދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިހާއި ބައްދަލުކުރައްވައި ވޭމަންޑޫ ކައުންސިލް މެމްބަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ މަގުތައް އެކަށީގެންވާ ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަންޖެހިފައިވާ ކަމަށާއި، އަދި ވޭމަންޑުއަކީ އަތޮޅުވެރިކަން ކުރާ ރަށް ކަމަށްވުމާއެކު ވެރިކަންކުރާ ރަށެއްގެ ސިފަ އެރަށަށް ލިބުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވިދާޅުވިއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި ވަނީ، ވޭމަންޑޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ރައީސް ސޯލިހުއާއި ހިއްސާކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *