ޕީޕަލްސް ނެސަނަލް ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިއަދު ގީލާ އަލީ އައްޔަނުކުރައްވައިފިއެވެ.

މިއަދު ބޭއްވުނު އެ ޕާޓީގެ ފުރަތަމަ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި، ގީލާ އަލީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކޮށްފައިވާއިރު،  ޖަލްސާގައި ވަނީ އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތީން އެއްވެސް ކަމަކަށް ފުށުނާރާނެގޮތަށް އެ ޕާޓީގެ ނައިބު ރައީސުންގެ މެދުގައި މަސްއޫލިއްޔަތުތައްވެސް ބަހައިލާފައެވެ.

މަޝްވަރާ މަޖިލީހުން ނައިބު ރައީސުންގެ މައްޗަށް މަސްއޫލިއްޔަތުތައް ބެހިއިރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ހަވާލުކުރެއްވީ އެޑްމިނިސްޓްރޭޝަން އަދި ފިނޭންސްގެ ބައިތަކެވެ. އިބްރާހިމް ސުޖާއު އަށް ޒުވާނުންނާއި ގުޅުން ހުރި ކަންތައްތަކާއި އެ ޕާޓީގެ އިވެންޓްތައް ހަވާލުކުރިއިރު، އަހުމަދު ނިހާން ހުސެން މަނިކަށް ހަވާލުކޮށްފައިވަނީ، ޕަބްލިކް ރިލޭޝަނާއި މީޑިއާ އަދި އެ ޕާޓީގެ މެމްބަރޝިޕްގެ ޒިންމާތަކެވެ. އާދަމް ޝަރީފް އުމަރަށް ވަނީ، ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ލީގަލް އެފެއާޒްގެ ހެޑްގެ މަގާމު ހަވާލުކުރައްވާފައެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ކޮންގްރެސްގައި ވަނީ ވޯޓަކާއި ނުލާ އަބްދުލްރަޙީމް އަބްދުﷲ އިންތިހާބަކާއި ނުލައި އެ ޕާޓީގެ ރައީސްގެ މަގާމަށް އައްޔަނުކުރައްވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *