ޕްލާސްޓިކުންވަނީ މުޅި ދުނިޔެ ފުރިފައެވެ. ހުރިހާ ތަނެއްގައިވެސް ވަނީ ޕްލާސްޓިކެވެ. އިންސާނުންގެ ބޭނުމަށްޓަކައި، އިންސާނުންގެ އަތުން އުފެއްދި މި އުފެއްދުން މިއަދު ވަނީ އިންސާނުންގެ އެންމެ ބިރުވެރި ހުވަފެންތަކުފެ އަސްލަށް ވެފައެވެ. ދުނިޔެ ތޮއްޖެހިފައިވަނީ މި 'ބޭނުންތެރި' އުފެއްދުމުންނެވެ. މިގޮތުން ކެރޭބިއަން ރަށްތައް ކައިރިން ހެދިފައި އޮތް ޕްލާސްޓިކްގެ 'ކަނޑަކީ' އިންސާނުން 'އާރާސްތުވެފައިވާކަމުގެ' ހެއްކެއް ކަންނޭނގެއެވެ.
މި ސަރަހައްދުން މި ހިތްދަތި މަންޒަރު ފެނިގެން ދިޔައީ ނޫކަން ގަދަ ރީތި މޫދަކުންނެވެ. ނަމަވެސް އެ މުުޅި މޫދުގެ ރީތިކަން ވަނީ އެ މޫދަށް އަޅައި ފުރައިލައިފައިވާ ކުނިތަކުން ގެއްލާލައިފައެވެ. 5 މޭލާ ޖެހެންދެން މުޅި އެ ސަރަހައްދުން ފެންނަން ހުރީ ޕްލާސްޓިކް ކުންޏެވެ.
އެތަން ފޮޓޯ ނަގައި މީސްމީޑިއާގައި އާންމުކުރި މީހުން ބުނިގޮތުން ބަލާލި ކޮންމެ ދިމާލަކުންވެސް ދުރު ނުފެންނަ ވަރަށް މުޅި މޫދުގައި ކުނި ހުއްޓެވެ. އެމީހުން ތަފްސީލްކޮށް ދިން އިރު ބުނީ ކުނީގެ ތެރޭގައި ފާޑުފާޑުގެ ދަޅާއި ޕްލާސްޓިކް ފުޅިއާއި ކޮތަޅު އަދި އެއް އިރަކު ހިފައި ގެންގުޅެން ބޭނުންކޮށްފައިހުރި ޕްލާސްޓިކުގެ ތަފާތު ބާވަތްތައް ހުރިވާހަކަ ބުންޏެވެ. ހަމައެހެންމެ ގިނަ އަދަދެއްގެ ޕްލާސްޓިކް އުލާއި ސަމުސާ ހުރި ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މަސް، ބޮޑުމަސް، ވެލާ، މޫދުމަތީ އުޅޭ ދޫނިސޫފާ ސޫތްޕަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް އެމީހުން ރިޕޯޓުކުރިއެވެ.
ރާއްޖެއަކީ ވެސް ގިނަ އަދަދެއްގެ މަސްމަހާއި މޫދުގެ ދިރުން ހުރި ގައުމެއްކަމުން ޕްލާސްޓިކާއި ކުނި މޫދަށް ނޭޅުމަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭނެއެވެ.