މާލޭ ވިޔަފާރި ބަނދަރުގެ މަގަތު ފާލަމުގައި އޮތް ބޯޓެއްގެ ވިންޗު ބިންދައިގެން ގޮސް އަރިއަކަށް ވެއްޓިއްޖެއެވެ.
ޖަޒީރާ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިންޗު ބިންދައިގެން ދިޔައީ ބޯޓުގައި ހުރި ކޭބަލެއް ކެނޑިގެންނެވެ. އަދި ވިންޗު ބިންދައިގެން ދިޔައީ ކޮންޓެއިނާރ އަންލޯޑް ކުރުމުގެ ތެރޭގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 13:15އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.