މައްސަރު ކަންތައް ނުވަތަ ޕީރިއަޑް ވުމަކީ ކޮންމެ އަންހެނަކަށްވެސް ދިމާވާ ކަމަކަށް ވާއިރު ގިނަ އަންހެނުންނަށް މިކަން ވެފައި އޮންނަނީ ބޮޑު ވޭނަކަށެވެ. 

ބަނޑަށް ތަދުވުން، ހޮޑުލެވުން، ބުރަކަށީގައި ރިއްސުން އަދި ބޯ އެނބުރުމަކީ މައްސަރު ދުވަސްވަރު ދިމާވާ ބައެއް ކަންކަމެވެ. މީގެ އިތުރުން، ކަމަކާއި ނުލައި ރުޅި އަތުވުމަކީވެސް މިކަމުގެ ސަބަބުން އަންހެނުންނަށް އަންނަ ބަދަލެކެވެ. 

މިއީ ޖެހޭ ބައްޔެއް ނޫންކަމުން މިކަމުން އެއްކޮށް ސަލާމަތް ވާނެ ގޮތެއް ނޯންނާނެއެވެ. ނަމަވެސް ތަދު މަޑުކުރުވުމުގެ ގޮތުން ބައެއް ކަންކަން ކުރެވިދާނެއެވެ. 

ތަފާތު ވައްތަރުގެ ސައި ބުއިން 

Related image

ތަފާތު ވައްތަރުގެ ސައި ބުއިމަކީ މައްސަރު ދުވަސްވަރު ވާ ތަދާއި ދުރުކޮށްދޭ ކަމެކެވެ. އެގޮތުން އިނގުރު ސައި އަދި ކެމމޮމައިލް ސަޔަކީ ބައެއް މީހުންނަށް މިކަމުގައި އެހީތެރި ވެދޭ ބާވަތްތަކެވެ. 

ފިޝް އޮއިލް އަދި ވިޓަމިން ބީ1


2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގްލޯބަލް ޖާނަލް އޮފް ހެލްތް ސައިންސް އިން ކުރި ރިސާޗް އަކުން ދައްކާ ގޮތުގައި ފިޝް އޮއިލް ނުވަތަ ތެޔޮ ގުޅަ އަދި ވިޓަމިން ބީ1 އަކީ މައްސަރުދުވަސްވަރު ވާ ތަދު ލުއި ކޮށްދޭ އެއްޗެއްސެވެ. 

ބަނޑަށް ހޫނުކުރުން

Related image

މައްސަރު ދުވަސްވަރު ތަދުވާން ފެށުމުން "ހީޓިން ޕެޑް" އެއް ނުވަތަ ބަނޑަށް ހޫނުވާނެ ފަދަ އެއްޗެއް ބަނޑު މަތީގައި ބާއްވާލުމުން ވަރަށް ފަސޭހައިން ތަދު ލުއި ކޮށްދެއެވެ. 2001 ވަނަ އަހަރު އެވިޑެންސް ބޭސްޑް ނަރސިންގް އިން ކުރި ރިސާޗް އަކުން ދެއްކި ގޮތުގައި، މިގޮތަށް ބަނޑަށް ހޫނުކުރުވުމެކޭ، ތަދު ކަނޑުވަން "އިބުޕްރޮފެން" ގުޅައެއް ކާލުމެކޭ ހަމަ އެއްވަރެވެ. 

ތަދު ކަނޑުވާ ބޭހެއް ކެއުން

Related image

ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް އަދި ކިތަންމެ ބޮޑަށް ތަދުވިޔަސް ބައެއް މީހުންނަކީ އެކަމަށް ބޭސް ކާން ބޭނުންވާ މީހުންނެއް ނޫނެވެ. ނަމަވެސް މައްސަރު ދުވަސްވަރު ވާ ތަދަކީ އާދައިގެ ތަދެއް ނޫން ކަމުން ބޭސް ގުޅައެއް ކެއުމަކީ މީހާއަށް ގެއްލުންވާނެ ކަމެއް ނޫނެވެ. އެހެންކަމުން ރަނގަޅު ބޭހެއް ކެއުމަކީވެސް މި ތަދާ ދުރުކޮށްދޭނެ ކަމެކެވެ. އެގޮތުން އިބުޕްރޮފެން އަދި ނެޕްރޮކްސެން އަކީ ކެއުމުން ތަދު ފިލާނެ ބައެއް ބޭހެވެ. 

ދުއާ ކުރުން


މައްސަރު ދުވަސްވަރު ގިނަ އަޅުކަންތަކާއި ދުރުވުމަށް އަންގަވާފައި ވީނަމަވެސް މާތް ﷲ ގެ ހަސްރަތައް ދުއާ ދެންނެވުމަކީ މަނާ ކުރައްވަފައިވާ ކަމެއް ނޫނެވެ. އެހެންކަމުން އެންމެ ފަސޭހައިން ކުރެވޭނެ އެއް ކަމަކީ ތިމާގެ ހަށިގަނޑުގައި އަޅާ ވޭނުން ދުރުކޮށްދިނުމަށް އެދި ދުއާ ކުރުމެވެ. ހަމަ ގައިމުވެސް މިއީ އެހެން ހުރިހާ ކަމަކަށް ވުރެ އެކަމެއްގައި މާ ބަރަކާތް ހުންނާނެ ކަމެކެވެ. އަދި ދުއާއަކީ ބޭހަކަށް ވުރެ ބާރުގަދަ އެއްޗެކެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *