ރާއްޖޭގެ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އިން އިސްނަގައިގެން ހިލޭ ތެލްސީމިއާ ޓެސްޓް ކުރެވޭނެ ޕްރޮގުރާމެއް ފަށައިފިއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ތެލްސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝީއިން މިހިންގާ ހާއްސަ ޕްރޮގްރާމް ކުރިއަށް ދަނީ ޝީ ބިލްޑިންގައެވެ. ޝީ އިން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، އެ ސޮސައިޓީން އިސްނަގައިގެން ވޯލްޑް ތެލްސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިލޭ ތެލްސޭމިއާ ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ޝީ ބިލްޑިންގް ގައި ހަމަޖައްސާފައި ވާނެ ކަމަށެވެ. އަދި މި ޕްރޮގްރާމް މިއަދު ހަވީރު 16:00 ހިނގަންދެން ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބައިނަލްއަގްވާމީ ތެލްސީމިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 8 ވަނަ ދުވަހެވެ. ރާއްޖެއަކީ ވެސް ނިސްބަތުން ތެލްސީމިއާ ކުދިން އުޅޭ އަދަދު އިތުރު ގައުމެކެވެ. 18 އަހަރު ވުމަށްފަހު ތެލްސީމިއާ ޓެސްޓް ކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ފަރުދީ ޒިންމާއެކެވެ. އަދި 18 އަަހަރު ނުވާ ކުދިންގެ ތެލްސީމިއާާ ޓެސްޓު ކުރުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *