ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ޕާޓީ ޑްރަގްސްތަކެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، 11 ފެބުރުއަރީ 2019 ވީ ހޯމަ ދުވަހު ކުރިއާ މެދުވެރިކޮށް ނެދަލޭންޑްސްގެ މަގުން ރާއްޖެ ގެނެސްފައިވާ ތިން ޕާރުސަލްއެއް ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕާޓީ ޑްރަގްސްތަކެއް އަތުލައިގެންފައިވާ ކަމަށެވެ.
އެގޮތުން އެއް ޕާރުސަލުގައި އެކްސްޓަސީ ގެ 50 ގުޅަ (14 ގްރާމް) އަދި އެލްއެސްޑީ ކަމަށް ޝައްކު ކުރެވޭ 10 ސްޓިކާ ފެނިފައިވާ ކަމަށެވެ. ދެވަނަ ޕާރުސަލްގައި އެކްސްޓަސީގެ 21 ގުޅަ (10 ގްރާމް) ފެނިފައިވާއިރު، ތިން ވަނަ ޕާރުސަލް އިން އެކްސްޓަސީގެ 19 ގްރާމް ފެނިފައިވާ ކަމަށެވެ.
މި ތިން ކޭސްގައި އަތުލައިގަނެވުނު އެކްސްޓަސީގެ ޖުމްލަ 43 ގްރާމާއި އެލްއެސްޑީ ކަމަށް ޝައްކު ކުރެވޭ 10 ސްޓިކާސް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިފަހަކަށް އައިސް ނެދަލޭންޑް މަގުން ރާއްޖެއަށް އެތެކުރާ ޕާޓީ ޑުރަގްސް ކަސްޓަމްސް އިން ދަނީ ގިނަ އަދަދަކަށް އަތުލައިގަންނަމުންނެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.