ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރް ހާން އަދި އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "ގުޑް ނިއުސް" މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރާ ގޮތަށް ނިންމައިފިއެވެ.

ބަތަލް އަކްޝޭ ކުމާރުގެ ޓުވީޓަކާއި ހަވާލާދީ އިންޑިއާގެ ބައެއް ބޮލީވުޑް ހަބަރުތައް ފަތުރާ ނޫހަކުން ބުނެފައިވާ ގޮތުގައި، ގުޑް ނިއުސް ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 27 ވަަނަ ދުވަހު ކަމަށެވެ. 

ގުޑް ނިއުސް ކުރިން ރިލީޒް ކުރާ ގޮތަށް ތާވަލް ކޮށްފައި އޮތީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް މިފިލްމު ޑިސެމްބަރު މަހުގައި ރިލީޒް ކުރާ ގޮތަށް ފަސްކުރީ ކީއްވެ ކަމެއް އަދި ފިލްމުގެ ޓީމުން އަދި ބެލުންތެރިންނަށް ސާފެއްނުކޮށްދެއެވެ.

ގުޑް ނިއުސް އަކީ ރާޖް މެހްތާ ޑައިރެކްޓްކުރާ ފިލްމެކެވެ. މިފިލްމުން ދިލްޖީތް ދޮސާންޖް އަދި ކިއާރާ އަދްވާނީވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *