ނަމާދަކީ އިސްލާމްދީނުގެ އެންމެ މުހިިންމު އެއް ރުކުނެވެ. އިސްލާމްކަން ފުރިހަމަވުމުގެ އެއް އަސްލެވެ. ނަމާދު ކޮށްފިނަމަ އެހެން އަޅުކަންތައް ޤަބޫލުކުރެވިގެން ދެއެވެ. އަދި ނަމާދު ނުކޮށް ދޫކޮށްފިނަމަ އެހެން ޢަމަލުތައްވެސް ބޭކާރު އެއްޗަކަށް ވެގެން ދެއެވެ.

މިކަން މިހެން އޮތް އިރުވެސް ނަމާދު ނުކޮށް އުޅޭ ދިވެހިން އިންތިހާއަށް ގިނައެވެ. އެއީ ނަމާދު ނުކުރާ މީހެއްކަން ފާޅުގައި އެނގޭއިރުވެސް އެއީ އެންމެ ގާތް ރައްޓެހިންކަމުގައި ހަދަމުއެވެ. މާބޮޑު ފަރުވާލެއްނެތިއެވެ.

ނަސޭހަތް ދިނުމަށްފަހުވެސް ނަމާދު ނުކުރާ ، މީހުންނާ އެއްކޮށް އެއްތަށިމަތިން ކައިބޮއެ ހެދުމުގެ ޙުކުމަކީ ކޮބައިތޯ ޑރ. މުހައްމަދު އިޔާޒު އަބުދުލްލަތީފް އާއި ސުވާލު ކުރުމުން މި މޭރުމުން ޖަވާބު ދެއްވިއެވެ.

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ ގޭގައި އުޅޭ މީހުންނަށް ނަޞޭޙަތް ދިނުމެވެ. އަދި ނަމާދު އެޅުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަމާއި، އޭގެ ސަބަބުން ޤިޔާމަތް ދުވަހު ލިބޭނެ ގަދަފަދަވެގެންވާ ޢަޛާބުގެ ވާހަކައިން އިންޒާރު ކުރުމެވެ. ނަމާދު އެޅުމަކީ މީހާ އިސްލާމް ދީނުން ބޭރުވެ، މުރުތައްދު ވެގެންދާނެކަމެއްކަން އޭނައަށް އަންގައި ދިނުން މުހިއްމެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ. ( مَنْ تَرَكَ الصَّلَاة متعَمّدًا فَقَدْ كَفَرَ ) މާނައަކީ: ” ޤަޞްދުގައި ނަމާދު އަޅައިފި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ.” އަދިވެސް އެހެން ޙަދީޡެއްގައި އައިސްފައިވެއެވެ. ( اَلْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلاة، فَمَنْ تَرَكَهَا فَقَدْ كَفَرَ) رواه أحمد. މާނައަކީ: ” ތިމަންނާމެންނާއި އެބައިމީހުންނާއި ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. ނަމާދު އަޅައި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ.” އަދި ވެސް ޙަދީޡްކުރެއްވިއެވެ. (إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّركِ وَالْكُفُرِ تَركَ الصَّلَاة )رواه مسلم. މާނައަކީ: ” ހަމަކަށަވަރުން އަޅާއާއި ކާފިރުކަމާއި ޝިރުކާއި ދެމެދުގައިވާ އިންފާރަކީ ނަމާދު ދޫކުރުމެވެ.” އިސްވެދިޔަ ޙަދީޘްތަކުން ދޭހަހަވެގެންދަނީ ނަމާދު ޤަޞްދުގައި ޢަޅާފައިނަމަ އެމީހަކު ދީނުން ބޭރުވާނެކަމެވެ.

އެހެންކަމުން ނަމާދަށް ފަރުވާތެރިވުން އެއީ ކޮންމެމުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ނަޞޭޙަތްދިނުމަށް ފަހުގައިވެސް އޭނަ ނަމާދަށް ފަރުވާތެރި ނުވެއްޖެނަމަ އޭނައާއި އެއްކޮށް ކައިބޮއި މަޖާކޮށް ވާހަކަ ދައްކައި ހަދާ އުޅެގެން ނުވާނެއެވެ. އޭނަގެ ކިބައިން ދުރުހެލިވާން ވާނެއެވެ.والله أعلم

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *