މިދިޔަ ހަފްތާގައި 474 އުޅަނދު ބަލައި ފާސްކުރި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ރޭ އާންމުކުރި ފުލުހުންގެ މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާ އެކަނިވެސް ފުލުހުން ވަނީ 474 އުޅަނދު ބަލައި ފާސްކުރުމަށްފަހު، ލައިސެންސް ނެތް 64 މީހަކު ހިފަހައްޓާފައެވެ.
ފުލުހުން ނިމިދިޔަ ހަފްތާ 474 އުޅަނދު ބަލައި ފާސްކޮށްފައިވާއިރު، ނުގަވައިދުން ޕާކުކޮށްފައިވާ 1082 ވެހިކަލެއްގައި ވަނީ ސްޓިކާ ވެސް ޖަހާފައެވެ. މިއީ އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 155 ސްޓިކާ އެވެ.
އަދި ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 44 މީހަކު ހިފަހައްޓާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. މިދުވަސްވަރު މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައެވެ.