މިހަފްތާ ތެރޭގައި މާލެ ހިމެނޭ ސަރަހައްދުގައި ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން 15 އެކްސިޑެންޓެއްގައި މީހުންނަށް އަނިޔާވިކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރޭ ފުލުހުން އާންމު ކުރި ނިމިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ މާލެ ހިމެނޭ ސަރަހައްދުން އެކަނިވެސް 56 އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން 15 އެކްސިޑެންޓެއްގައި ވަނީ މީހުންނަށް އެކި ވަރުގެ އަނިޔާ ވެފައެވެ. 

ފުލުހުން އާއްމުކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ލައިސެންސާއި ނުލާ 18 އަހަރު ނުފުރޭ ކުޑަކުދިން އެއްގަމު އުޅަނދުފަހަރު ދުއްވި ފަސް މައްސަލެއް ރިޕޯޓް ކޮށްފައިވާއިރު، ވެހިކަލް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން 18 މައްސަލެއް ރިޕޯޓް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން، ހަތަރު ފުރޮޅުލީ 14 އުނޅަދަކާއި 46 ސައިކަލެއް ޓޯ ކުރެވިފައިވާ ކަމަށްވެސް ދައްކައެވެ. މިދުވަސްވަރުވަނީ މާލޭގައި ވެސް އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން، އިއްޔެ މާލޭގައި އެކްސިޑެންޓެއް ހިނގާފައިވާއިރު މިއަދު ހެނދުނު  ހުޅުމާލޭގައި  ވަނީ އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *