މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭގެ ހުވަނދު މާރުކޭޓު ގޯޅުން ނިކުތް ކާރެއް ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަންހެނަކަށް އަނިޔާތަކެއްވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގައިފައިވަނީ މިއަދު ހެނދުނު 06:45 ހާއިރުގައެވެ. އެކްސިޑެންޓުވި ކާރު ޖެހުނީ ސައިކަލްް ބޮޑު މަގުން ހުޅަނގަށް ދުއްވާފައި ދަނިކޮށެވެ. ސައިކަލް ފަހަތުގައި އިން އަންހެން މީހާގެ ކުޑަހުޅު މަތިން ދެ ތަނަކުން ކަފައިގެން ގޮސްފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް މިހާރު ދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އިތުރު މީހަކަށް މި ހާދިސާގައި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެެ ގިނަ ހިސާބުތަކުގައި އެކި ވަރުގެ އެކްސިޑެންޓުތައް ހިނގާ ދުވަސްވަރެކެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ވެމްކޯގެ މުވައްޒަފަކު ނިޔާވެފައެވެ.