ޕީނަޓް ބަޓަރ އަކީ ވަކި އުމުރުފުރައަކަށް ޚާއްސަކޮށްފައި ނުވާ، ދުނިޔޭގެ އެންމެން ކަހަލަ ގޮތަކަށްވެސް އެއަށް ހިތް ކިޔާފައިވާ މީރު ކާނާއެކެވެ. ޕީނަޓް ބަޓަރ ކާން އެކި ގޮތްގޮތް އިޚްތިޔާރު ކުރާ މީހުން އުޅެއެވެ. މިގޮތުން ޕީނަޓް ބަޓަރ ރޮއްޓާއި ޖަހައިގެން ކާ މީހުންނާއި ޕީނަޓް ބަޓަރ ޕާނުގައި ހާކައިގެން ކާ މީހުނާއި ޕީނަޓް ބަޓަރ ބިސްކޯދާއި ޖަހައިގެން ކާ މީހުން ވެސް އުޅެއެވެ. ޕީނަޓް ބަޓަރ ހުހަށް ކެއީމަ މީރު ކަމަށް ބުނާ މީހުންގެ އަދަދުވެސް ވަރަށް ގިނައެވެ.
ޕީނަޓް ބަޓަރއަކީ ހަމައެކަނި އޭގެ ރަހައަށްޓަކައި މީހުންގެ ތެރޭގައި މަގްބޫލުކަން ހޯދައިފައިވާ އެއްޗެއް ނޫނެވެ. އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތައްވެސް އެކުލެވިގެންވެއެވެ.
ޕީނަޓް ބަޓަރ އިން ލިއްބައިދޭ ބައެއް ސިއްހީ ފައިދާ
ބަރުދަން ލުއިކޮށްދޭ
ޕީނަޓަކީ އަބަދުވެސް ބަރުދަން ލުއިކޮށްދޭ ބަދަނެއްގެ ގޮތުގައި ކަމުގައި މަޝްހޫރުވެފައިވާ ކާނާއެކެވެ. އޭގައި ގިނަ އަދަދެއްގެ ފެޓްސްއާއި ކެލަރީސް އެކުލެވިގެންވި ނަމަވެސް ޕީނަޓް ބަޓަރ އިން ބަރުދަން އިތުރުކޮށްދޭ ކަމަށް ވަނީ ސާބިތުކޮށް ނުދެވިފައެވެ. ކުރެވުން ގިނަ އަދަދެއްގެ ދިރާސާތަކުން ދެއްކި ގޮތުގައި ގަވާއިދުން ޕީނަޓް ބަޓަރ ކެއުމުން (ޚާއްސަކޮށް އަންހެނުން) ބަރުދަން ލުއިކޮށްދިނުމަށް އެހީވެދެއެވެ.
ހިތުގެ ސިއްހަތު ދުޅަހެޔޮކަންމަތީ ދަމަހައްޓައިދޭ
ހިތުގެ ބަލިތަކަކީ އިންސާނުން އަވަހަށް މަރުވުމުގައި ދިމާވާ އެންމެ މައިގަނޑު އެއް ސަބަބެވެ. ވަރަށް ކައިރިން ބަލައި ކުރި ދިރާސާތަކަކުން ދައްކާ ގޮތުގައި ޕީނަޓް ބަޓަރގައި އެކުލެވިގެންވާ ގުދުރަތީ ބައެއް މާއްދާތަކަކީ ހިތުގެ ބަލިތަކުން އިންސާނުން ދުރުކޮށްދީ، ހިތުގެ ނިޒާމުތައް ރަނގަޅުގޮތުގައި ކުރިއަށް ގެންދިޔުމުގައި ފުރިހަމަ އެއްބާރުލުމެއްދޭ މާއްދާތަކެކެވެ. އަދި ހަމައެހެންމެ ހިތަށް ޖެހޭ ނުރައްކާތެރި ބައެއް ބަލިތަކުުން ދިފާއުކޮށް ދިނުމުގައި އިސް ދައުރެއް އަދާކުރާ އެއްޗެއް ކަމުގައިވެސް ޕީނަޓް ބަޓަރ ވަނީ ވެފައެވެ.
ޓައިޕް2 ޑައެބިޓީސް ޖެހުމުން ދުރުކޮށްދޭ
ޕީނަޓް ބަޓަރ އަކީ ހަކުރުބަލި ޖެހުމުން ދުރުކޮށްދޭ ކާނާއެއް ކަމަށް ކުރެވުން ގިނަ އަދަދެއްގެ ދިރާސާތަކުން ވަނީ ސާބިތުވެފައެވެ. ޕީނަޓްގައި މަތީ މިންވަރަކަށް ޕޮޓޭޝިއަމް އެކުލެވިގެން ވުމުގެ ސަބަބުން ސްޓްރޯކް ޖެހުން ފަދަ ކަންކަމުން ދުރުކޮށްދިނުމުގެ އިތުރުން ހަކުރުބަލިންވެސް ދުރުކޮށްދެއެވެ.
ހަނދާން ހުންނަ މިންވަރު އިތުރުކޮށްދޭ
ޕީނަޓް ބަޓަރ ގިނައިން ކެއުމުގެ ސަބަބުން އޯލްޒައިމަރސް ފަދަ ސިކުނޑިއަށް ޖެހޭ ބަލިތަކުން ދުރުކޮށްދެއެވެ. އަދި އެއާއެކު ހަނދާން ހުންނަ މިންވަރު އިތުރުކޮށްދޭ އެއްޗެއް ކަމަށް ޕީނަޓް ބަޓަރ ވެގެންދާ ކަމަށް ގިނަ އަދަދެއްގެ ދިރާސާތަކުން ވަނީ ދައްކައިފައެވެ.