ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދު މޯލްޑިވްސް ރީފޯމް މޫމެންޓް (އެމްއާރްއެމް) އާއި ގުޅިއްޖެއެވެ.

ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމް ރޭ ކުރެއްވި ޓުވީޓެއްގައިވަނީ، ފިލްމީތަރި ނިއުމާ މުހައްމަދު އެމްއާރްއެމް އާއި ގުޅުނުކަން ކަށަވަރު ކޮށްދީފައެވެ. މައުމޫނު ރޭ ކުރެއްވި ޓްވީޓުގައި ވަނީ ނިއުމާ އެމްއާރްއެމްއާއި ގުޅުމުން އޭނާއަށް މަރުޙަބާ ދަންނަވާފައެވެ.

ނިއުމާގެ ފިލްމުތަކުން ރާއްޖޭގައި ހުރި އިޖުތިމާއި ކަންބޮޑުވުންތައް ވަރަށް ބޮޑަށް ސިފަ ކޮށްދީފައިވާ ކަމަށާއި އަދި ނިއުމާއަކީ އެމްއާރްއެމް ކުރިއެރުވުމަށް ކޮންމެހެންވެސް ބޭނުންވާ މީހެއް ކަމަށް މައުމޫން ވިދާޅުވިއެވެ. ނިއުމާ ސިޔާސީ މައިދާނަށް ނުކުތީ 1 ފެބުރުއަރީގެ އަމުރަށް ފަހު ކުއްލި ހާލަތު އިއުލާން ކުރުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *