11 މީހުންނާއި އެކުގައި ދަތުރުކުރަމުންދިޔަ ސަފާރީ އެއް ގއ. ވިލިގިލި ކައިރީގައި އޮންނަ ފަޅުރަށެއްގެ ފަރަށް އަރަައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ސަފާރީ ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ސައުތާން އޭރިއާއަށް ލިބިފައިވަނީ މިރޭ 18:10 ހާއިރު ކަމަށެވެ.
އަދި ފަރަށް އަރާފައިވަނީ "ސަންސީކާސް" ކިޔާ ސަފާރީއެއްކަމަށާއި، އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ނުވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.
ފަރަށް އެރި ސަފާރީގައި ތިބީ ތިން ދިވެހިންނާއި ހަ ބިދޭސީންގެ އިތުރުން ދެ ފަތުރުވެރިން ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.