ޕީއެންސީއަކީ އަންހެނުން ކުރިއަށް ދިޔުމަށްޓަކައި ފުރުސަތު ދެވިފައިވާ ޕާޓީއެއްކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލިސްގެ މަގާމަށް ރޭގައި އިންތިޚާބުވެ ވަޑައިގަތް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސް ނިންްމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ހީނާ ވިދާޅުވީ، ޕީއެންސީއަކީ، އެ ޕާޓީގެ ތަފާތު ގޮފިތަކުންނާއި ތަފާތު މަޖިލިސްތައް ކުރިއަށް ގެންދާ އިރުގައިވެސް ކަނބަލުންނަށް ޚާއްސަ ފުރުސަތުތަކެއް ހުޅުވާލައިފައިވާ ޕާޓީއެއް ކަމަށެވެ.

ހީނާ ވަނީ ސިޔާސީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ހުރިހާ ކަނބަލުންނަށް ޕީއެންސީ އާއި ގުޅިވަޑައިގަތުމަށް ދައުވަތު އަރުވައިފައެވެ.

"މި ޕާޓީއަކީ އަންހެނުން ކުރިއަށް ދިޔުމަށްޓަކައި ހުޅުވާލެވިފައިވާ ޕާޓީއެއް. އަދި ހަމައެހެންމެ ޕާޓީގެ ގޮފިތައް ކުރިއަށް ދާއިރުވެސް، ޕާޓީގެ މަޖިލިސްތައް ކުރިއަށް ދާއިރުވެސް އަންހެނުންނަށް ފުރުސަތުތައް އެބަހުރި ހުޅުވާލެވިފައި. އެހެންވީމައި އަޅުގަނޑުމެން ހަމަ ގޮވާލަން ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ އަންހެން ބޭފުޅުން މި ޕާޓީއާއި ގުޅިވަޑައިގަންނަވާށޭ" ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފެނިގެން އަންހެނުންނަށް އޮތް ފުރުސަތުތައް ހަނިވަމުންދާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *