ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ސަރުކާރުގައި ތަރައްޤީގެ އެއްވެސް ކަންފުޅެއްވެސް ނެތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ކޮންގްރެސް ޕާޓީ، ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވާފައިވަނީ ރޮކެޓް ސްޕީޑުގައި ކަމަށާއި ނަމަވެސް މި ސަރުކާރުން ތަރައްޤީ ގެނެސްދެނީ ރޮކެޓެއްގައި ޓޫޓޫ އިންޖީނެއް އެޅީމައި، އެ ރޮކެޓު ދަތުރުކުރާނެ ސްޕީޑުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރަކު ރައީސް ޔާމީންގެ ތަރައްޤީ ފާހަގަކުރެއްވި ރޮކެޓް ސްޕީޑުގައި، އެހެންނަމަވެސް މިއަދު މިސަރުކާރުން އަޅުގަނޑުމެންނަށް ފެންނަނީ ރޮކެޓެއްގައި ޓޫޓޫ އިންޖީނެއް އަޅާފައި ހުރީމައި ދެންވާނެ ގޮތް. ކުރިއަކަށް ނުދޭ، ފަހަތަކަށް ނުދޭ، ތަރައްޤީގެ ހަމަ ކަންފުޅެއްވެސް ނެތީ" ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގައި ހިންގާފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކުގެ ފަހަތުގައިވާ މޭސްތިރިޔާ، ސައީދު ވިދާޅުވީ، ޕީއެންސީގެ އުފެދުނީ، ޕީޕީއެމް، ރައީސް ޔާމީންގެ އަތުން ފޭރިގަތުމުގެ ބިރު ހީވުމުން ކަމަށެވެ.

އަދި ސިޔާސީ ޕާޓީއެއްްގެ މިލްކިއްޔާތު އެހެން ފަރާތަކަށް ބަދަލުކޮށްދޭ ނަމޭ ބުނެ ވައުދުވި ފުރަތަމަ ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ކަމަށް ސައީދު ވިދާޅުވިއެވެ.

"ތިބޭފުޅުން އަޑުއެއްސެވިންތޯ ދުވަހަކުވެސް ދުނިޔޭގެ އެއްވެސް ގައުމެއްގައި އެއްވެސް އިންތިހާބުވުމަކާއި ނުލައި ރައީސަކު ތިމަން މަނިކުފާނުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއް އެހެން ގޮތަކަށް ފުރޮޅާލެކަމަށް ވިދާޅުވި ވައުދެއް. ދަންވަން މިއުޅެނީ ޕީޕީއެމްގެ އޯރނަޝިޕް ބަދަލުކޮށް، އެހެން ބޭފުޅެއްގެ އަތްފުޅަށް ޕާޓީގެ މިލްކިއްޔާތު ދޭނަމޭ ބުނި ވެރިއަކު މުޅި ދުނިޔެއިންވެސް ދެކިފައި ހުންނާނީ ފުރަތަމަ ފަހަރަށް މިގައުމުގައި. ނަމަވެސް ކަން ދިމާކުރި ގޮތުން ވެރިކަމުގެ 100 ދުވަސް ހަމަވި އިރިވެސް އެކަމެއް ނުވި" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ކޮންގްރެސް ޕާޓީއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ޕާޓީކަމަށާއި ކޮންގްރެސް ޕާޓީއިން ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *