ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އިންޑިއާ ސިފައިންނަކީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އުޅޭ ސިފައިން ކަމަށް ގައުމީ ދިފާއީ ބާރު އެމްއެންޑީއެފުން ބުނެފިއެވެ.

މިއަދު ކޯސްޓް ގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މިހާރު ދުނިޔޭގައި ގިނަ ގައުމުތަކުގައި މިހާރު އޮންނަ ވިސްނުމަކީ އެއްގައުމު އަނެއް ގައުމާއި ގުޅިގެން އެގައުމެއް ސަލަަމަތީ ކަންކަން ބެހެލެއްޓުން ކަމަަށެވެ.

އަދި ރާއްޖޭގައި ހަރަކާތްތެރިވާ ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާއި އެކުގައި ނޫން ކަމުގައި އެމްއެންޑީއެފްއިން ބުނެއެވެ.

"ރާއްޖެއަށް އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕުޓަރުގެ މެންޓެނެންސްއާއި ޓެކްނިކަލް ކަންކަމަށް ރާއްޖޭގައި މިތިބޭ އިންޑިއާ ސިފައިން މި ތިބޭނީ ހަތިޔާރު ހިފައިގެނެއް ނޫން, އެ ބޭފުޅުން އެތިބެނީ ހަމަ ހެލޮކޮޕްޓަރުގެ ކަންކަމުގައި, ދެ ހެލިކޮޕުޓަރުގެ ކަންކަން ބެލުމަށް ތިބޭ އިންޑިއާ ސިފައިންގެ އަދަދު ގިނަ ކަމަށް ގަބޫލެއް ނުކުރަން،" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އެމްއެންޑީއެފް އިން ބޭނުންވެއްޖެ ކޮންމެ ހިދެއްގައި ދެ ހެލިކޮޕުޓަރު ވެސް މިލްކުކުރެވެން އެބައޮތް ކަމަށެވެ.

"އިންޑިއާ ސަރުކާރުން ފުރަތަމަ ނިންމީ ހެލިކޮޕްޓަރުތަށް މުޅިން ހިލޭ ދޭން ނަމަވެސް ހެލޮކޮޕްޓަރުތަށް އޮޕަރޭޓް ކުރަން ދިވެހި ސިފައިނަށް އަދި ދިމާވެދާނެ ދަތިތަކަށްޓަކައި އިންޑިއާ ސިފައިން ތިބެނީ " ޝަމާލް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަރަކާތްތެރިވާތީ ރާއްޖޭގެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *