ޕީޕީއެމްއަކީ ރާއްޖޭގައިވާ އެންމެ ބޮޑު އަދި މައި ޕާޓީކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

މިހާރު ކުރިއަށް ދާ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީ އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ތަރައްގީގެ ޕްލެޓް ފޯމްއެއްގެ ގޮތުގައި ކަމަށެވެ. 

އެގޮތުން އެ މަސައްކަތް ކުރުމުގައި އެބޭފުޅުންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާ ކުރަމުން ގެންދާނީ އެއި ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

މީގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަންގެ ހުރިހާ މެމްބަރުންވެސް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ސިޔާސަތުތައް ކަނޑައަޅާފައިވާނީ ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނު އަސާސީއަށް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ޕީއެންސީ އަދި ޕީޕީއެމްގެ މެމްބަރުން އަބަދުވެސް ހިތްވަރި ލިބި މަސައްކަތް ކުރަމުންގެންދަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިހުންކަން ފާހަގަކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *