އާދިއްތަ ދުވަހު ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، އެ ހަމަލާތައް ދިނުމުގައި ބޭނުން ކުރި ކަމަށް ޝައްކު ކުރެވޭ 4 ވެހިކަލެއް ފުލުހުން ހިފަހައްޓައިފިއެވެ.

ލަންކާގެ ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫހަކުން ބުނެފަައިވާ ގޮތުގައި، އެގައުމުގެ ފުލުހުން ވަނީ އެ ހަމަލާތައް ދިނުމުގަައި ބޭނުންކުރި ކަމަށް ޝައްކު ކުރެވޭ ސްކޫޓަރެއް ސަރަނަންކަރ ރޯޑު ކައިރީގައި ހުންނަ ގެއަކުން ހިފަހައްޓައި އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

އަދި މީގެ އިތުރުން ވެސް، ވަޓައްލާ ކައިރިން ވަނީ ލޮރީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން ހިފެހެއްޓި ލޮރީ އަދި ސްކޫޓަރ އަކީ ޖާނުން ފިދާވެގެން ބޮމުގެ ހަމަލާ ދިން، ދެ މީހެއްގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައި އިން ދެ ވެހިކަލެވެ.

ލަންކާ ފުލުހުން ވަނީ ވަރަކަޕޯލާ ގައި ހުންނާނީ ގެއަކުން ވެސް ހަމަލާތައް ދިނުމުގައި ބޭނުން ކުރި ކަމަށް ޝައްކު ކުރެވޭ ވޭނަކާއި މޮޓޯ ސައިކަލެއް ހިފަހައްޓާފައެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، މި ވޭތުވެދިޔަ 6 ދުވަހު އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މިރޭ ވެސް އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އާދިއްތަ ދުވަހު ލަންކާގައި ދިން ހަމަލާތަކުގައި ވަނީ 250 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ މީހުންނެއް ޒަހަމު ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *