ހުޅުމާލޭ ސެންޓަރަލް ޕާކް ކައިރިން ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް ސައިކަލެއްގައި ޖެހި، އަދި ހަމަ އެކާރު ގޮސް ގަހެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ، މިއަދު މެންދުރު 14:50 ހާއިރު ކަމަށާއި އަދި އެކްސިޑެންޓް ވި އިރު ކާރު ދުއްވަން އިނީ ފިރެހެނެއް ކަމަށާއި އަދި ސައިކަލް ދުއްވަން އިނީ އަންހެނެއް ކަމަށެވެ.

އެ އެކްސިޑެންޓްގައި އެ އަންހެން މީހާއަށްވެސް އަދި ފިރެހެން މީހާއަށް ވެސް މާ ބޮޑެތި އަނިޔާ ތަކެއް ނުވާ ކަމަށާއި، މިހާރު ކާރު ދުއްވަން އިން މީހާ ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން އަންހެން މީހާ އަށްވެސް ބޭރު ފުށުން މާ ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާ ކަމަށާއި، ނަމަވެސް އެ އަންހެން މީހާ މިހާރު އޮތީ، ހުޅުމާލޭ ހޮސްޕިޓަލުގައި އޮބްޒަވޭޝަނުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގެ މިދުވަސްވަރު، އެކްސިޑެންޓް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. އިއްޔެ ހަވީރު ވަނީ ތިނަދޫގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *