ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން އިއްޔެ އޮޕަރޭޓް ކުރި ސީޕްލޭންތަކުގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާމޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލްން އިން މިއަދު ބުނީ، އިއްޔެ އެކަނިވެސް ވީއައިއޭގައި ސީޕްލޭންގެ 531 މޫވްމެންޓް ރެކޯޑް ކުރެވިފައިވާކަމަށެވެ. އަދި އެއީ ރެކޯޑް އަދަދެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މީގެ ކުރިން ވީއައިއޭގައި އެންމެ ގިނައިން ސީޕްލޭން މޫވްމެންޓް ރެކޯޑް ކުރެވިފައިވަނީ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހު އެކަނިވެސް 517 ސީޕްލޭން އޮޕަރޭޓްކޮށްފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާ ސީޕްލޭންތައް އިތުރުވަމުން އަންނައިރު އާ ސީޕްލޭން ޓާމިނަލްއެއްގެ މަސައްކަތް ބާރު ސްޕީޑެެއްގައި ދަނީ ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *