ޔަމަނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ފަށާފައިވާ ހެލްޕް ޔަމަން ކެމްޕެއިނަށް މީދޫއިން ޖުމްލަ 32،295 ރުފިޔާ އާއި 114 ޑޮލަރު ހަދިޔާ ކޮށްފިއެވެ.

ފައިސާ ހޯދުމަށްޓަކައި އުއްމީދު ޖަމުޢިއްޔާ، މީދޫ އެކުވެރި ކުލަބު، މީދޫ ޖަމުޢިއްޔަތުއް ޞަލާހު އަދި މާސީން ގުޅިގެން މީދޫގައި ޑޯޓުޑޯ ފަންޑްރައިޒިން އިވެންޓެއްގެ އިތުރުން ހެދިކާ ވިއްކުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ބްލޫ ވޭވްސް އާއި މަސްޖިދުއް ޒިންނޫރައިނިގައި ފަންޑު ފޮށި ބަހައްޓައިގެންވެސް ފަންޑް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. މީގެ އިތުރުން މީދޫ ޖަމުޢިއްޔަތުއް ޞަލާހުން ހިންގަމުން އަންނަ ބްލޫ ވޭވްސްއިންވަނީ 'ލަވާޒާއެއް ބޮއެލައިގެން ޔަމަނަށް އެހީވަމާ' ނަމުގައި އެއް ދުވަހުގެ ހަރަކާތެއް ހިންގާ އެކަމުން ލިބުނު ހުރިހާ ފައިސާއެއް ފަންޑަށް ހަދިޔާ ކޮށްފައެވެ.

ޔަމަނުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަހުންނާއި އުޙުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާގެ ބޮޑެތި އެހީތައް އެކި ރަށްރަށުންވަނީ ހަދިޔާކޮށްފައެވެ. ތަފާތު އެކި ހަރަކާތްތައް ހިންގައިގެންނާއި ފަންޑު ފޮށި ބަހައްޓައިގެން ލިބުނު ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާ ދަނީ ހަވާލުކުރަމުންނެވެ. މިކަމުގައިވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ދީލަތިކަން އެކި ގޮތްގޮތުން ދަނީ ދައްކަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *