ސްރީލަންކާގެ ފުލުހުން ހައްޔަރުކުރި ލަންކާގައި އުޅޭ ހަ ދިވެހިންގެ ތެރެއިން ހަތަރު ދިވެހިން ދޫކޮށްލުމަށް އެގައުމުގެ ކޯޓުން ނިންމައިފިއެވެ.

ލަންކާގެ މައުންޓް ލެވޭނިއާ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އެގައުމުގެ ފުލުހުން ހައްޔަރުކުރި ހަ ދިވެހިންގެ ތެރެއިން ދެ ދިވެއްސެއްގެ ބަންދުގެ މުއްދަތު 13 ދުވަހަށް އިތުރުކޮށްފައެވެ. އަދި ބާކީ ތިބި ހަތަރު މީހުން މިއަންނަ ހޯމަ ދުވަހު ދޫކޮށްލުމަށް ވެސް އެ ކޯޓުން ނިންމާފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ހޯމަ ދުވަހު ދޫކޮށްލަން ހަމަޖެހިފައިވަނީ ސްރީލަންކާއަށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، އެގައުމުގެ ސިފައިން ގޭތައް ބަލައި ފާސްކުރުމުގެ ތެރެއިން، ފޭކް ލައިސަންސެއްގެ ދަށުން ގެންގުޅުނު އެއާ ގަންއެއް ފެނުނު މައްސަލާގައި ނިގަމްބޯއިން ހައްޔަރުކުރި އިންޖީނިއަރިންގް ކިޔަވަމުން ދިޔަ ހަތަރު ކުދިންނެވެ.

މައުންޓް ލެވޭނިއާ ކޯޓުން މިއަދު ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ނުގޭގޮޑާ އިން ހައްޔަރު ކުރި ދެ ދިވެހިންނެވެ. އެ މީހުން ހައްޔަރު ކުރީ ދިރިއުޅޭ ގެއިން އައިއެސްގެ މައުލޫމާތު ހުރި ފޮތެއް ފެނިގެން އެވެ. އެތަނުން އެކަކީ، ލަންކާގައި ޕޮލިޓިކަލް ސައިންސް ކިޔަވަމުން ދިޔަ ދަރިވަރެކެވެ.

ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މި ވޭތުވެ ދިޔަ 6 ދުވަހު ވަނީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގާފައެވެ. ލަންކާގެ ފުލުހުން ވަނީ މިރޭ ވެސް އެގައުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.