އިންޑިއާގެ ޤައުމީ އެއަރލައިން ކަމަށްވާ އެއަރ އިންޑިއާގެ އުދުހުންތައް ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފިއެވެ.
އެއަރ އިންޑިއާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެއަރ އިންޑިއާގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ، އެ އަރލައިނުގެ މެއިން ފަސެންޖަރ ސާވަރ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމަށެވެ.
އެއަރ އިންޑިއާއިން ވަނީ ބައިނަލްއަޤްވާމީ ހުރިހާ ޤައުމުތަކެއްގައި އެ އެއަރލައިނުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލައި ބޯޓުތައް ގްރައުންޑްކޮށްފައެވެ.
އެއަރ އިންޑިއާގެ މެއިން ފަސެންޖަރ ސާވަރ ސިސްޓަމަށް ދިމާވި މައްސަލައާއި ގުޅިގެން މިއަދަށް ތާވަލްކޮށްފައިވާ، އެ އެއަރލައިންގެ ހުރިހާ ދަތުރުތައް ލަސްވާނެ ކަމަށް އެއަރ އިންޑިއާއިން ބުނެއެވެ.