އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީންގެ އިއުލާނުގައި، ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ކަނޑައަޅާފައިވާ އަށް ރަށަކީ، ހއ.އުލިގަމާއި، ގއ.ކަނޑުހުޅުދޫ އާއި ތ.ކިނބިދޫ އާއި ނ.ކެނދިކުޅުދޫ އާއި ށ.މަރޮއްޓާއި، ރ.ރަސްގަތީމާއި ބ.ހިތާދޫ ގެ އިތުރުން ތ.ވަންދުއެެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީިން މީގެ ކުރިން ވަނީ ހދ.ނޮޅިވަރަމް އާއި ށ.ކަނޑިތީމާއި ރ.އަލިފުށީ އަދި ށ. ފޯކައިދޫގެ ފެނުގެ ނިޒާމް ގާއިމް ކުރާނެ ބަޔަކު ހޯދުމަށްވެސް އިއުލާން ކޮށްފަ އެވެ.

މި މަސައްކަތައް އެންމެ ގާބިލް ފަރާތެއް ހޮވާނީ ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވާގޮތުގައި، ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 100 ޑޮލަރުގެ، ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީންނެވެ.  މި މަސައްކަތްތަކަށް އެދި ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *