ސްރީލަންކާގައި ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މިރޭ ވެސް އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން އެގައުމުން ނިންމައިފިއެވެ.
ސްރީލަންކާގެ ފުލުހުންގެ މީޑިއާ އޮފިޝަލު ލަންކާގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި، މިރޭ ލަންކާ ގަޑިން 10:00 ފެށިގެން މާދަމާ ހެނދުނު 4:00 އާއި ހަމައަށް އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނެ ކަމަށެވެ.
ލަންކާ އަށް ނިމިދިޔަ ހަފްތާ އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ވޭތުވެ ދިޔަ 6 ދުވަހު ވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދިވެސް ލަންކާގެ މަޝްރަހު އާއްމު ހާލަތަކަށް ނޭޅެއެވެ.