ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލިހަށް ހުށައެޅި ބިލް، އެ މަޖިލިސްގެ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށައެޅި މި ބިލް ފާސްކޮށްފައިވާ ވަގުތީ ކޮމިޓީގައި ހިމެނޭ ފަސް މެންބަރުން ބިލް ފާސްކޮށްފައިވަނީ އެއަށް އެއްވެސް ބަދަލެއް ނުގެެނެސްއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންތަކެކެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގެ ގޮތުން ގާނޫނުއަސާސީގެ 285 ވަނަ މާއްދާގައިވާ ގޮތަށް ފަނޑިޔާރުކަމުގެ މަގާމް ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަށާއި، ފަނޑިޔާރުންގެ މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކަށް އިނާޔާތް ދިނުން މަޖުބޫރެވެ.