އަހަރުގެ ބޮޑު ބަންދާއި ދިމާކޮށް، އެއަރ އިންޑިޔާއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ނިންމައިފިއެވެ.
އިޓަލީގެ ދެވަނަޔަށް އެންމެ ބޮޑު އެއާލައިންކަމަށްވާ އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ކުރުމަށް ނިންމާފައިވަނީ މިލާނުގެ މަލްޕެންސާ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަފްތާއަކު ތިން ދަތުރެވެ.
އެގޮތުން ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިޓަލީން މިއަހަރު މިހާތަނަށް 52,848 މީހުން ވަނީ ރާއްޖެ އައިސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 41,489 މީހުންނާ އަޅާ ބަލާއިރު 27 ޕަސެންޓް އިތުރު ވުމެކެވެ.