ސްރީ ލަންކާގެ ވެރި ރަށެއްކަމަށްވާ، ކޮލަމްބޯގެ މުނިސިޕަލް ސަރަހައްދުގައި ހުންނަ މިސްކިތަކުން 46 ކަނޑި ފެނިއްޖެއެވެ.
މި މައްސަލައާއި ގުޅިގެން މުނިސިިޕަލްގެ ކައުންސިލަރު ނޫރުއްދީން މުޙައްމަދު ތާޖުއްދީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނިގޮތުން ނޫރުއްދީން ހައްޔަރު ކުރެވުނީ އޭނާ އާއި މިސްކިތުން ފެނުން ކަނޑުިތަކާއި ކޮންމެވެސް ގުޅުމެއްވާކަމަށް ތުހުމަތު ކުރެވޭތީއެވެ.
މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާއަށް ދިންް ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގެ އެތައް އަދަދެއްގެ ފުލުހުންނާއި ސިފައިން ވަނީ ޢާންމުގެ ތެރެއަށް ނިކުމެ ތުހުމަތުތައް ކުރެވޭ ގިނަ މީހުންތަކެއް ހައްޔަރުކޮށްފައެވެ. ސްރީ ލަންކާއަށް ދިން ހަމަލާތަކަށް ފަހު އަދިވެސް އެ ގައުމުގެ ހާލަތު ވަނީ ހަމައަކަށް ނޭޅިއެވެ.