ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަ ދިވެހިންގެ ތެރެއިން ދެ ދިވެއްސެއްގެ ބަންދަށް މިއަދު 13 ދުވަސް ޖަހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސްރީލަންކާގެ މައުންޓްލެވޭނިއާ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އިއްޔެ ލަންކާ ސިފައިން ބަލައި ފާސްކުރުމުގެ ތެރެއިން އިސްލާމިކް ސްޓޭޓްގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނިގެން ހައްޔަރު ކުރި ދިވެހި ދެ މީހެއްގެ ބަންދަށް 13 ދުވަސް ޖަހާދީފައެވެ. ބަންދަށް 13 ދުވަސް ޖެހި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ނުގޭގޮޑާ އިންނެވެ. 

ލަންކާގެ ފުލުހުން ހައްޔަރުކުރި ދިވެހިންގެ ތެރެއިން، ހަތަރު ދިވެއްސެއް އުޅެމުންދިޔަ ގެއިން ވަނީ މަސްތުވާތަކެތި ވެސް ފެނިފައެވެ. ފޮރިން މިނިސްޓްރީން ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށެވެ.

ލަންކާއަށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު އަދިވެސް ލަންކާގެ މަޝްރަހު ރަނގަޅަށް ހަމައަކަށް ނޭޅެއެވެ. މިހާތަނަށް އެގައުމުގެ ފުލުހުން ވަނީ، 70 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *