ކަރާ މާރުކޭޓު ސަރަހައްދު ފަޅުން މިއަދު ހެނދުނު ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ
ފުލުހުން ބުނީ މިއަދު ހެނދުނު 06:08 ހާއިރު މާރުކޭޓާ ދިމާލު މޫދުން ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށާއި، ލިބިފައިހުރި ބައެއް ލިއުންތަކުން އެއީ އިންޑިއާ މީހެއްކަން އެނގޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާ މަރުވެގެން ނަގާފައި އޮތް އިރު އަނގައިން އޮތީ ފޮނު ނިކުމެފަ އެވެ.
ފަހަކަށް އައިސް މާލޭގައި ގޮތް ނޭނގި މަރުވާ ބިދޭސީންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. މީގެ ދެ ދުވަސް ކުރިން ނޭޕާލް އަންހެނަކުވެސް ވަނީ މާލޭގައި ދަންޖެހިގެން މަރުވެފައެވެ
ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ