ހދ.މަކުނުދޫ ފަޅުތެރެއިން ވިހަ ގަދަ މޫދު ހަރުފައެއް ފެނިއްޖެއެވެ.

މި ހަރުފަ ފެނިފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.  ހަރުފަ ފެނުނު އަހުމަދު ތަހުސީމް، 31،  އޮންލައިން ނޫހެއް ކަމަށްވާ "މިހާރަށް" މައުލުމާތުދެމުން ބުނެފައިވަނީ ހަރުފަ ފެނުނީ މަކުނުދޫ ވިލު ތެރޭގައި މަސްބާނަން ނުކުމެ އުޅެނިކޮށް ކަމަށެވެ.

މި ހަރުފައަކީ "ޔެލޯ ބެލީޑް ސީ ސްނޭކް" އެކެވެ. ބަނޑުދޮށް ރީނދޫކޮށް ހުންނަ މި ހަރުފައިގެ  ނަގުލުގައި އަޅި ލައްތަކެއް ޖަހާފައި ހުރެއެވެ. 

މިބާވަތިގެ ހަރުފައަކީ މަދުން ނަމަވެސް ރާއްޖޭން ފެންނަ ބާވަތެކެވެ. މި ހަރުފަ ފުލުހުންނާއި ހަވާލު ކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން އަންނަނީ ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *