ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (އެންސީޕީޑީ) ފުޓްސަލް ޗެލެންްޖު 2019 އިއްޔެ ރޭގައި ފަށައިިފިއެވެ.
މި މުބާރާތް ކުޅެނީ ކ.ހިންމަފުށީގައެވެ. މުބާރާތުގައި ބައިވެރިވަނީ 5 ޓީމެވެ. އެއީ އއ އަތޮޅު ގެ ޕޮލިސް ޑިޕާޓްމެންޓް ގެ ޓީމަކާއި، އދ އަތޮޅުގެ ޕޮލިސް ޑިޕާޓްްމެންޓްގެ ޓީމަކާއި، ވ އަތޮޅުގެ ޕޮލިސް ޑިޕާޓްމެންޓްގެ ޓީމަކާއި ކ އަތޮޅު ޕޮލިސް ޑިޕާޓްމެންޓްގެ ޓީމެއްގެ އިތުރުން ޑިވިޝަން ޓީމެކެވެ. ޑިވިޝަންް ޓީމުގައި ކުޅުންތެރިން ހޮވާފަައިވަނީ އއ، އދ، ވ އަދި ކ އަތޮޅުގެ ޕޮލިސް ޑިޕާޓްމެންޓްތަކުން ފުލުހުން ނަގައިގެންްނެވެ.
މި މުބާރާތް ކުޅެން ހަމަޖެހިފައިވަނީ 26 އޭޕްރިލް ވަނަ ދުވަހާއި 27 އޭޕްރިލް ވަނަ ދުވަހުގައެވެ. މިގޮތުން ފުރަތަމަ މެޗް ފަށާފައިވަނީ ރޭ 9 ޖެހިއިރުގައެވެ. މި މެޗުގައި ކުޅުނީ އދ އަތޮޅުގެ ޓީމާއި ކ އަތޮޅުގެ ޓީމެވެ. ފައިނަލް މެޗް ކުޅެން ހަމަ ޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. ހުރިހާ މެޗަކާ އެއްކޮށް ޖުމްލަ 11 މެޗް ކުޅެވިގެންދާނެއެވެ.
މިއަހަރުގެ އެންސީޕީޑީ ފުޓްސަލް ޗެލެންޖު ހޯސްޓު ކުރަނީ ކ.ހިންމަފުށީގެ ޕޮލިސް ޑިޕާޓްމެންޓުންނެވެ. މި ގޮތުން މޮޅުވާ ޓީމުތަކާއި ކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި ތަށިތައް ދިނުމުގެ ހުރިހާ އިންތިޒާމެއްވެސް ކޮށްފައިވަނީ ހިންމަފުށީގެ ޕޮލިސް ޑިޕާޓްމެންޓުންނެވެ. މުބާރާތް ކުޅުމަށްޓަކައި ހިންމަފުށީގެ ފުޓްސަލް ގްރައުންޑު ތައްޔާރުކުރުމާއި ކުޅުންތެރިން ބެލެހެއްޓުމުގެ ހުރިހާ ކަމެއްވެސް ކުރަމުން ގެންދަނީ އެ ޑިޕާޓްމެންޓުންނެވެ.
އެންސީޕީޑީ ފުޓްސަލް ޗެލެންޖަކީ ކޮންމެ ދެއަހަރަކުން އެއް އަހަރަކު ބާއްވާ މުބާރާތެކެވެ.