ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ކަރަންޓު ކެނޑި ހިދުމަތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއަދު ހަވީރު 16:30 އިން ފެށިގެން ވީއައިއޭގައި ކަރަންޓެއް ނެތެވެ. އަދި އެކަމުގެ ސަބަބުން ވީއައިއޭއިން ދެމުންގެންދާ ހިދުމަތްތަކަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ އެއަރޕޯޓުން ކަރަންޓު ކެނޑިފައި ވަނީ، "ރިންގ މެއިން"ގެ މައްސަލައެއް ޖެހިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ޓެކްނިކަލް ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމުގައިވެސް އޭނާ ބުންޏެވެ.
މި މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ނުލިބެއެވެ.