ރޭ ސްރީލަންކާއިން ހައްޔަރުކުރި ބައެއް ދިވެހިން ކޯޓަށް ހާޒިރުކޮށްފިއެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސިއިން ހާމަކުރައްވާ ގޮތުގައި ހައްޔަރުކުރި ފަރާތްތަކާއި އެކު، އެމްބަސީގެ ބައެއް ފާރަތްތައްވެސް ކޯޓަށް ހާޒިރުވެ ތިބި ކަމަށެވެ. 

އެ ގޮތުން އެއް ގަނޑިއިރު ތެރޭ މައްސަލަ ބަލާ ގޮތެއް ނިިންމާނެކަމަށްވެސް އެމްބަސީއިން ހާމަކުރައްވައެވެ. މީގެ އިތުރުން ހައްޔަރުކޮށްފައިވާ ދިވެހިންގެ ކަންކަން ވަރަށް ކައިރިން ބަލަމުން ގެންދާކަމަށްވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެއެވެ. 

ރޭ ހައްޔަރުކުރި ދިވެހިންގެ ތެރެއިން 4 ދިވެއްސަކު ހައްޔަރުކޮށްފައިވަނީ އެއަރ ރައިފަލްތަކެއްގެ މައްސަލާގައެވެ. އެގޮތުން، ނެގަންބޯގައި އެމީހުން ދިރިއުޅޭ ގެއިން ފެނުނު ބަޑިތައް ގަނެފައިވަނީވެސް ސްރީ ލަންކާއިންނެވެ. އަދި އެމީހުންނަށް އެ ބަޑިތައް ވިއްކާފައިވަނީ ފޭކް ލައިސެންސަކާއިއެކުއެވެ. 

މިދިޔަ އާދިއްތަ ދުވަހު ސިލްސިލާކޮށް ލަންކާއަށް ދިން ހަމަލާތަކާއި ގުޅިގެން، ހަފްތާ ބަންދުގައިވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ހިދުމަތް ލިބެން ހުންނާނެ ކަމަށް އެމްބަސީއިން ވަނީި މީގެ ކުރިން ހާމަކޮށްފައެެވެ.

މިކަން ހާމަކުރައްވާ ލަންކާގައި ހުންނަ ދިވެހި އެމްބަސިއިން ކުރެއްވި ޓުވީޓުގައިވަނީ ހަފްތާ ބަންދު ދުވަސް ތަކުގައިވެސް އެމްބަސީ ހުޅުވިފައި ހުންނާނެ ކަމަށާއި އަދި ލަންކާގެ ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ތަކުރާރުކޮށް އލްތިމާސް ކުރައްވާ ކަމަށެވެެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *