ރާއްޖޭގެ މައި ބޭންކް ބޭންކް އޮފް މޯލްޑިވްސް އަދި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން "ބީއެމްއެލް ވާވް ކިޑްޒް ރަން" ބާއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި "ބީއެމްއެލް ވާވް ކިޑްޒް ރަން" ގައިވަނީ، ޖުމްލަ 2000 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައެވެ. މި ދުވުމާ ގުޅުވައިގެން ބީއެމްއެލް އިން ތައާރަފްކުރި ފަންޑް ރެއިޒިން ޕްލެޓްފޯމް މެދުވެރިކޮން ދުވުމުގައި ބައިވެރިވި ކުދިން އެއްކުރި 105،250 ރުފިޔާ ވަނީ އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ހަވާލުކޮށްފަ އެވެ.

"ބީއެމްއެލް ވާވް ކިޑްޒް ރަން" އާއި ބެހޭގޮތުން ވާހަކަދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބޭއްވި ހަރަކާތެއް ކަމަށެވެ. އަދި، މި ދުވުމުގައި ބައިވެރިވި ކުދިން ފަންޑްރައިޒް ކޮށްގެން ހޯދުނު ފައިސާ ހަދިޔާ ކުރަނީ މުޖުތަމައުއަށް ވަރަށް ބޭނުންތެރި ޕްރޮގްރާމަކަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *