ވެރިރަށް މާލޭގައި އާއްމުންނަށް ޓެކްސީގެ ހިދުމަތްދޭ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު ދުއްވާ ޓެކްސީއަށް ގެއްލުންތަކެއް ދީފިއެވެ.

ފުލުހުން ބުނީ، މާލޭގައި ޓެކްސީގެ ހިދުމަތް ދޭ ހަމައެކަނީ އަންހެން މީހާ ދުއްވާ ކާރަށް, ދުއްވަމުން ދަނިކޮށް ހުއްޓުވުމަށް ފަހު ގެއްލުންތަކެއް ދިން މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި މިހާރު އެމައްސަލަ ތަހުގީގު ކުރެވުމުންދަނީ ޑޮމެސްޓިކު ވައިލެންސްގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އައިންތު ނަމަކަށް ކިޔާ އެ އަންހެން ޓެކްސީ ޑްރައިވަރު ދުއްވަން އިން ކާރު ހުއްޓުވުމަށް ފަހު އެ އަންހެން މީހާ އަށް ފުރައްސާރަކުރުމަށް ފަހު އެކާރުގެ، ކުރީކޮޅަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އެ ގެއްލުންތަކުގެ ސަބަބުން ކާރުގެ ބޮނެޓް ނުލެއްޕޭ ވަަރަށް ވަނީ ބަނޑިވެފަ އެވެ.

މިހާދިސާ އާއި ގުޅިގެން އެ އަންހެން ޑްރައިވަރު ދުއްވަން އިން ކާރަށް ހަމަލާދިނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން މީޑިއާ ތަކަށް ސާފެއް ނުކޮށްދެއެވެ. 

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ރޭ 10:10 އެހާކަންހާއިރު އައިންތު އޭނާގެ ޓެކްސީގައިރިންގް ރޯޑްގެ ޓްރެކް ސަރަހައްދުން ދުއްވާފައި ދަނިކޮށް އޭނާގެ ކާރު މީހަކު ހުއްޓުވި ކަމަށެވެ. އަދި އެއަށް ފަހު އޭނާ ވަނީ އައިންތުއާ ދިމާކުރުމުގެ އިތުރަށް ކާރުގެ ބޮނެޓް ގަދަކަމުން ހުޅުވައި އިންޖީނަށް ވެސް ގެއްލުން ދީފައި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *